މަސް ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދީފި

މަސްވެރިކަން ކުރަން ބަޔަކު ދޯނި މަތީ --- ފައިލް ފޮޓޯ/ ހުސައިން ހަސަން

ދިގު މުއްދަތަށް ފައިސާ ދައްކާ ގޮތަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ އިންޖީނު އަދި މަސް ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދީފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިގު މުއްދަތުން އަގުއަދާ ކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ އިންޖީނު އަދި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދެވަން ރައީސް ނިންމަވާފައިވާތީ އެކަން ކޮށްފައިވާ ކަމަށެވެ.

އަދި އެ ދޯނި ނުވަތަ އިންޖީނަށް ދައްކަން ޖެހޭ ފައިސާ ބަހާލައިގެން އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އިތުރު ފުރުސަތު ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ކުދި ދޯނި ތަކުގެ ޖޫރިމަނާ މާފުކޮށްދީފަ އެވެ. އަދި ނުވަ މީޓަރަށް ވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނި ފަހަރުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް