ފޯމު ހުށަނާޅާ މީހަކު ރަޖިސްޓްރީއެއް ނުވާނެ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ---

ރަށްވެހިވެފައިވާ ރަށް ނޫންް އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓްރީކުރަން ފޯމު ހުށަނާޅާ މީހަކު ރީ ރަޖިސްޓްރީ ވެފައި ނޯންނާނެކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ނުބައި ފޮށިތަކަށް ރީ ރަޖިސްޓްރީ ވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ "އިލެކްޝަންސް ކޮމިޝަނަށް ނުވަންނަ އެއްވެސް ފޯމެއް ރެޖިސްޓްރީވެފައި ނޯންނާނެ" ކަމަށެވެ.

އަކްރަމް ވިދާޅުވީ ކޮމިޝަނަށް ނުވަންނަ ފޯމެއް ރަޖިސްޓްރީ ވެފައި ނޯންނާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި އެ ފޯމުތައް ވަނީ ސައްހަކޮށްތޯ ނޫނީ ނޫންތޯ ބެލުމަސް ފުލުހުންގެ އެހީތެރިކަމާއެކު ބަލަމުންދާ ކަމަށެވެ.

"އެގޮތަށް ހުށަހެޅި ރީ ރަޖިސްޓްރީވެފަވާ މީހުން ޝަކުވާ ހުށަހެޅީމާ އެކަން ހައްލުކޮށްދޭނެ. ސައްހަ ނޫން ފޯމު ހުށަހަޅައިފިނަމަ އެފަރާތްތަކާމެދު އަޅުގަނޑުމެން ފިޔަވަޅު އަޅާނެ،" އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވި އިރު ކޮމިޝަނަށް 95000 އަށްވުރެ ގިނަ ފޯމް ލިބުނު ކަމަށް އިލެކްޝަންސް އިން ބުންޏެވެ. އެ ހުރިހާ ފޯމެއް ސިސްޓަމަށް އެންޓާ ކުރުމަށްފަހު ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފުލުހަށް ހުށަހަޅާފައިވާކަމަށާއި، ރީ ރަޖިސްޓްރީކުރި ކުރި މީހުންގެ ސައްހަ އަދަދު އެނގޭނީ ހުރިހައި ފޯމްތަކެއް ވެރިފައިކޮށް ނިމުމުން ކަމަށް އީސީ އިން ބުނެއެވެ.

އީސީ އިން ބުނީ އަންނަ ހަފްތާ ތެރޭ ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށާއި އޭގެ ފަހުން ޝަކުވާއަށް ހުޅުވާލާނެ ކަމަށެވެ.

comment ކޮމެންޓް