"އެވީ" ކެމްޕެއިނާއި އެކު، އުރީދޫގެ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ޕްލެޓްފޯމްތައް ދައްކުވައިދީފި

"ޑިޖިޓަލް ދިވެހިރާއްޖެ" އަށް އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުންފުނީގެ އޮޕްރޭޝަންތަށް ޑިޖިޓަލްކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި ތަފާތު ޚިދުމަތްތަށް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި އުރީދޫ އިންވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައިއެވެ.

މިގޮތުން، އުރީދޫގެ "އެވީ" ކެމްޕެއިން އަލިއަޅުވާލަދެނީ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތަށް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. މި ކެމްޕެއިންގެ މަޤްސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތަށް، ގިނަ ބޭފުޅުންނާ ހަމައަށް ވާސިލްކޮށްދިނުމެވެ.

ވަރަށް ތަފާތު މިއުސިކަލް އެއް މެދުވެރިކޮށް "އެވީ" ކެމްޕެއިން ދައްކުވައިދެނީ އުރީދޫގެ ޑިޖިޓަލް ޕެލެޓްފޯމްތަކުގެ އެހީގައި، އާންމު ދިރިއުޅުމުގައި ދިމާވާ ބައެއް ދަތިތަށް ވަރަށް ފަސޭހަކަމާ އެކު ހައްލު ކުރެވޭ ގޮތްތަކެވެ. ޑިޖިޓަލް ކޮށް، އެވީ!

"ފަހުގެ ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތަށް މެދުވެރިކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ތަރައްގީ ކުރުމަށްް އުރީދޫ އިން ކުރަމުންދާ މަސައްކަތްތަކަށް، "އެވީ" ކެމްޕެއިން އިތުރު ހިތްވަރެއްދޭ. ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކަށް ބެހިފައިވާ ގައުމަކަށް ވެފައި، އެކި ކަންކޮޅުތަކަށް ބެހިފައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތަކުގެ ދައުރު ވަރަށް މުހިންމު. އެހެންކަމުން، ޑިޖިޓަލް މެދުވެރިކޮށް ދިވެހިންނަށް ކުރިއެރުމާއި، އިތުރު ފުރުސަތުތަށް ގެނެސްދޭނެފަދަ އިންވެސްޓްމަންޓްތަށް އަޅުގަނޑުމެން އަބަދުވެސް ކުރަމުންދާނަން." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވިއެވެ.

"އެވީ" ކެމްޕެއިން މެދުވެރިކޮށް އުރީދޫ އިން ޕްރޮމޯޓް ކުރަމުންދާ ޑިޖިޓަލް އާލާތްތަކަކީ:

  • މައި އުރީދޫ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ބައްލަވައި، ޚިޔާރުކޮށް އަދި މެނޭޖްކުރެވޭނެއެވެ. ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މައި އުރީދޫ ޕޯޓަލް ބޭނުން ކުރެވޭއިރު، މައި އުރީދޫ އަކީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެ ގިނަ ބޭފުޅުން ބޭނުންކުރާ އެޕެވެ.
  • މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީ އެޑް-އޯން އަމިއްލައަށް. ފަރުމާކޮށްލެވޭނެއެވެ. މައި އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ މި ހާއްސަ ޚިދުމަތުގެ އެހީގައި، އެންމެ މަގްބޫލް އެޑް-އޯންތަށް އަދި ވަކި ބަޖެޓަކަށް އެންމެ އެކަށޭނެ އެޑް-އޯންތަށް ބައްލަވާލެވޭނެއެވެ. އަދި ގާތްތިމާގެ ބޭފުޅުންނާއި ރައްޓެހިންނަށް ހާއްސަކޮށް އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑް-އޯން ފަރުމާކޮށް، ހަދިޔާވެސް ކުރެވޭނެއެވެ.
  • އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މަޢުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.
  • އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ.

އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ނުވަތަ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް އުރީދޫ ވެބްސައިޓް އަދި އެޕަށް ޒިޔާރަތްކުރަށްވާ ނުވަތަ ފޭސްބުކް އަދި ވައިބާ މެދުވެރިކޮށް އުރީދޫ ނެކްސްޓްގެ އެހީ ހޯއްދަވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް