ބުރިޖްއާ ގުޅޭމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ފަށައިފި-- ފޮޓޯ/ ޓްވިޓާ

ބުރިޖާ ގުޅޭމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ބުރިޖާ ގުޅޭމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ކުރަމުންދާ ފޮޓޯތައް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވަނީ ޓްވީޓް ކުރައްވާފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ތާރު އެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެއެވެ.

އަމާޒަކީ ބްރިޖު ހުޅުވުމުގެ ކުރިން އެ މަގުތަކުތަކުގައި ތާރު އެޅުން ކަމަށާއި ތާރު އަޅާ ސަރަހައްދު ނިންމާ މަގުތައް ބޭނުން ކުރެވެން ފެށުމުން މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ހަވީރު ފެށީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުންނެވެ.

comment ކޮމެންޓް