ސެމްސަންގެ ގެލެކްސީ ނޯޓް 9 ޕްރީއޯޑާ ކުރުމަށް ދިރާގުން ހުޅުވާލައިފި

ސެމްސަންގެ ގެލެކްސީ ނޯޓް 9 ޕްރީއޯޑާ ކުރުމަށް ދިރާގުން ވަނީ ހުޅުވާލައިފައި---

ފޯނު އުފެއްދުމުގައި ދުނިޔޭގައި މަޝްހޫރު ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރުނު ގެެލެކްސީ ނޯޓް 9 ޕްރީ އޯޑަރުކުރުމަށް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އެ މޮޑެލްގެ ފޯނުތައް މިއަދުން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ.

ދިރާގުން ބުނީ ސެމްސަންގެ އެ މޮޑެލްތަކުގެ ފޯނުތައް އެ ކުންފުނީގެ ޕޯސްޓްޕެއިޑްގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށެވެ. އޭގެ އިތުރުން ކޮންޓްރެކްޓަކާ ނުލާވެސް ފުލް ޕޭމަންޓް ދައްކަވައިގެން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮންމެ ކަސްޓަމަރަކަށްވެސްް ޕްރީ އޯޑަރު ކުރެވޭނީ އެންމެ ފޯނެއް ކަމަށް ދިރާގުންް ބުންޏެވެ.

ދިރާގުން ބުނީ ބައްލަވައިގަންނަވާ ފޯނާއެކުު ހަމަސް ދުވަސް ވަންދެން ކޮންމެ މަހަކު ހަަ ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެ ކަމަށެެވެ. އަދި ފޯނަށް އެންމެ ފުރަތަމަ އޯޑަރު ކުރާ ފަރާތްތަކަށް ހިލޭ ބްލޫ ޓޫތު ސްޕީކަރެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ޕްރީ އޯޑަރު ކުރުމަށް ހުޅުވާލި ނޯޓް 9 ގެ ފޯންތަކުގެ ތެރޭގައި 128 އަދި 512 ޖީބީގެ ފޯން ހިމެނެއެވެ. އެ މޮޑެލްތަކުގެ ތެރެއިން ތިން ވައްތަރެއްގެ ކުލައެއްގެ ފޯނު ހިޔާކުރެވެއެވެ. އެ ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް، އޯސަން ބްލޫ، އަދި މެޓަލިކް ކޮޕާ ހިމެނެއެވެ.

ދިރާގުން ބުނީ ނޯޓް 9 ގެ ފޯނު ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން މިހާރު ބަލައިލެވޭނެ ކަމަށެވެ.

comment ކޮމެންޓް