ބަންގުލަދޭޝްގެ ފުޓުބޯޅަ ކުޅުންތެރިންގެ އެލަވެންސް، ބިންހެލުން އައި ލޮމްބޮކްއަށް

ބަންގްލަދޭޝްގެ ކުޅުންތެރިންގެ ޑެއިލީ އެލަވެންސް "އެންޑްރީ ފައުންޑޭޝަނަށް"ހަވާލު ކުރުމުގެ ތެރެއިން-- ފޮޓޯ// ނިއުއޭޖް

ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށް ލިބޭ ޑެއިލީ އެލަވަންސްގެ ބައެއް، މިދިޔަ ހަފްތާގައި އިންޑޮނޭޝިއާއަށް ބިންހެލުމެއް އައި ސަރަހައްދަށް އެހީވުމަށް ހަދިޔާކޮށްފިއެވެ.

މިދިޔަ ހަފްތާގައި އިންޑޮނޭޝިއާގެ ލޮމްބޮކްއަށް އައި ބިންހެލުންތަކުގައި 400 އެއްހާ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަން ގެއްލި، ހާލުގައި ޖެހިފައެވެ.

https://sun.mv/109198

އޭޝިއަން ގޭމްސްއަށް ތައްޔާރުވަމުން އަންނަ ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން އެ ކުޅުންތެރިން، އެމީހުންގެ އެލަވަންސް ލޮމްބޮކްގެ ރައްޔިތުންނަށް ހަދިޔާ ކުރީ އެންޑްރީ ފައުންޑޭޝަން ކިޔާ ފައުންޑޭޝަނެއް މެދުވެރިކޮށެވެ.

ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ޖަމާލް ބުހިޔާން ބުނީ، އެ ޑޮނޭޝަންގެ ސަބަބުން ލޮމްބޮކްގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތައް، ކުރީގެ ހާލަތަށް ރުޖޫއަވާން އެހީތެރިވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

comment ކޮމެންޓް