ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހޮނިހިރު ދުވަހު 10:30 ގައި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހޮނިހިރު ދުވަހުގެ 10:30 އަށް ތާވަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން ތަރުތީބުކުރުން އޮންނާނީ ހޮނިހިރު ދުވަހު ބާ ޖަމާލުއްދީނުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި ދެ ބޭފުޅެއްގެ ފޯމު އިލެކްޝަންސްއިން ވަނީ ބަލައިގަނެފައެވެ. އެއީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި އަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގުގެ 263،000 މީހުންނަށް ލިބެއެވެ. އިންތިހާބުގައި 491 ވޮޓު ފޮށި ބަހައްޓަން ނިންމާފައިވެއެވެ.

އިންތިހާބު އޮންނާނީ 23 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުއެވެ.

comment ކޮމެންޓް