އިދިކޮޅުގެ ވެރިކަމެއްގައި މަޝްރޫއުތައް ހުއްޓި އޮންނާނީ ތަޅާފޮޅުމާއި ޖާސޫސްކުރުން: ޝަހީމް

ރައީސް ޔާމީންގެ ރަނިން މޭޜް ޑރ. ޝަހީމް ފުނާޑު އަވަށު ރައްޔިތުންނާ ބައްދަލު ކުރައްވަނީ ---

ރާއްޖޭގެ ވެރިކަަމަށް އިދިކޮޅު ކޯލިޝަނުން އައިސް ފިނަމަ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުންް ކަމަށް ރައީސުލް ޖުމްހޫރިއްުޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަެ ކެމްޕޭން ކުރެއްވުމުގެ ގޮތުން ޏ. ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީެ ފުނާޑު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ތިބީ ތަފާތު މިޒާޖުގެ ބައެއް ކަަމަށާއި އެހެންކަމުން އެ ފަދަ ބައެއްގެ އަތް މައްޗަށް ވެރިކަން ދޭން ހެޔޮނުވާނެ ކަމަށެެވެ.

"އެ ސަރުކާރުން ލިބިއްޖެނަމަ ދެން އޮންނާނީ އެމީހުންގެ ތެރޭގައި ތަޅާފޮޅުން. ކޮންވުޒާރާއަކަށް ކާކުތޯ ނަގާނީ ކޮން ވުޒާރާއަކަށް ކާކުތޯ ލާނީ. އަދި އެއް ވުޒާރާއަށް ވަކި ޕާޓީއެއްގެ މީހަކު ލައިފިއްޔާ އޭނާގެ ނައިބަކަށް ހުންނާނީ އަނެއް ޕާޓީގެ ނާއިބު. މިނިސްޓަރު ހުންނާނީ ޑެޕިއުޓީ މިނިސްޓަރަށް ޖާސޫސް ކުރަން. ޑެޕިއުޓީ މިނިސްޓަރުން ހުންނާނީ މިނިސްޓަރުންނަށް ޖާސޫސްކުރަން. އެހެން ވީމާ އެއްބަޔަކު އަނެއްބައެއްގެ ތަޅާ ފޮޅުމަކަށް ދިވެހި ގައުމުދާނީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެފަދަ ހާލަތެއްގައި މަޝްރޫއުތައް ހުއްޓި ދިވެހި ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

އިދިކޮޅުގެ ފިކުުރަށް ރާއްޖެއިން ޖާގަ ދީގެން ނުވާނެ ކަމަށާއި އަދި ދިވެހި ގައުމަށްޓަކައި އެ ޕާޓީތަކުގެ އާންމު މެމްބަރުންވެސް ޕީޕީއެމްއާ ގުޅުމުން ޑރ. ޝަހީމް ވަނީ ދައުވަތުދެއްވައިފައެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފިކުރުގެ މީހުން ރާއްޖެ ކުރިންވެސް ތަޖުރިބާކޮށްފައިވާ ކަމަށާއި، އަދި އެ ފިކުރުގެ ދަށުން ރާއްޖޭގައި ބަނގުރާ އާންމުކޮށް، ރާއްޖޭގެ ގައުމީ މަންހަޖުން ކީރިތި ގުރުއާނާއި އިސްލާމްދީންގެ މާއްދާތައް ނާގަލައި އިސްލާމްދީންގެ އަދާވަތްތެރިންނާ ގުޅިގެން މަަސައްކަތް ކުރި ކަމަށެވެ.

އަދި މިހާރުވެސް ރާއްޖޭގެ ދިފާއީ ބާރުތައް އުވާލައި ބޭރުގެ ފަނޑިޔާރުން ރާއްޖެއަށް ގެންނަން އުޅޭތީ ކަންބޮޑުވެލައްވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފިކުރު އަލުން ވެރިކަމަށް އަތުވެއްޖެނަމަ ކުރިއަށްވުރެ ނުބައި ކަންތައްތައް ރާއްޖޭގައި ހިނގާނެ ކަމަށެވެ.

comment ކޮމެންޓް