ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ// ޕޮލިސް ލައިފް

ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ ކީ ސްޓޭޖްގެ ދަރިވަރުންނަށް އަމާޒުކޮށް އެ ސުކޫލުގެ އެދުމުގެ މަތިން ނިލަންދޫ ޕޮލިސް ސްޓޭޝަނުން، ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ޕްރޮގްރާމަކީ އެ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ކީ ސްޓޭޖް 1، 2 އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށ،ް ޓީޗަރުންނާއި ބެލެނިވެރިންގެ އެހިތެރިކާމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިއްޔެއިން ފެށިގެން ދޮޅު މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ދަރިވަރުން މޫދައް އަހުލުވެރިކުރުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ޕްރޮގްރާމްގައި ކްލާސްތައް ނަގައިދޭނީ ނިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން އެކަމަށް ތަޖުރިބާކާރު ފުލުހުންނެވެ.

comment ކޮމެންޓް