ބުރުނީ ނަރުދަމާގެ ހިދުމަތް ރައީސް ފައްޓަވައި ދެއްވައިފި

ރައީސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ// ރައީސް އޮފީސް

ތ. އަތޮޅު ބުރުނީގައި ގާއިމު ކުރި ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ފައްޓަވައި ދެއްވައިފި އެވެ.

ރައީސް ޔާމީން ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ބުރުންޏަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމު ފައްޓަވައިދެއްވާފައިވާ އިރު އެ މަޝްރޫއަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޖަނަވަރީ މަހު ފައްޓައި 2016 ވަނަ އަހަރު މާޗް މަހު ނިންމާފައިވާ އެ މަޝްރޫއަށް މުޅިއެކު 33.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

އެ މަޝްރޫއަކީ "ޑައިރެކްޓް ނެގޯޝިއޭޝަން ޑިޒައިން އެންޑް ބިލްޑް" އުސޫލުން ނިންމާފައިވާ މަޝްރޫއެކެވެ.

ރައީސް ޔާމީން އާއި ދައުލަތުގެ ބައެއް ވަޒީރުން އެކި އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގެން ރައީސްގެ ސަރުކާރުގައި ނިންމަވާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް އިތުރު މަޝްރޫއުތައް ދަނީ ފައްޓަވަމުންނެވެ.

comment ކޮމެންޓް