"ސަޓްޔަމޭވް ޖަޔާތޭ" އާއި "އަލްފާ" މި ބަންދުގައި ޝްވެކް އަށް

ޖޯން އަބްރަހަމްގެ ސަޓްޔަމޭވް ޖަޔާތޭގެ މަންޒަރެއް--

ފިލްމު "ސަޓްޔަމޭވް ޖަޔާތޭ" އާއި "އަލްފާ" މި ހަފްތާގެ ހުކުރުގައި ޝްވެޖް ސިނަމާގައި ޕްރިމިއާކުރުމަށް ނިންމައިފިއެވެ.

މިލަޕް ޒަވޭރީ ޑައިރެކްޓްކޮށް އުފައްދާފައިވާ "ސަޓްޔަމޭވް ޖަޔާތޭ" އަކީ ތްރިލާ އަދި މިސްޓްރީގެ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ޖޯން އަބްރަހަމް، އަމްރުތާ، ނޯރާ އަދި މަނޯޖް ފެނިގެންދާ އެ ފިލްމަކީ ގައުމުގެ ވާހަކަ ކިޔަދޭ ފިލްމެކެވެ. ޖޯން މި ފިލްމުގައި ފެނިގެންދާނީ ޕުލުސް މީހެއްގެ ރޯލުންނެވެ. އެ ފިލްމަކީ "ދިލް ބަރް ދިލް ބަރް" ލަވަ ހިމެނޭ ފިލްމެވެ.

އަލްބާޓް ހަގްސް ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމަކީ މިސްޓަރީ އަދި ޑްރާމާ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ޝައުގުވެރި ކަންތައްތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދެއެވެ. އެ ފިލްމުގެ ބައެއް ތަރިންނަކީ ޕްރިޔާ، ކޯޑީ އަދި ޖެންސް އެވެ.

ޝްވެކް ސިނަމާ އިން ދެ ފިލްމުގެ ޓިކެޓް ބުކް ކުރުން ވެސް އަންނަ ބުދަ ދުވަހު ފަށާނެކަމަށެވެ.

comment ކޮމެންޓް