ޓައިވާނުގެ ހޮސްޕިޓަލެއްގައި ރޯވެ، ނުވަ މީހަކު މަރުވެއްޖެ

ޓައިވާނުގެ ހޮސްޕިޓަލެއްގައި ރޯވުމުގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެފައި -- ފޮޓޯ: އީޕީއޭ

ޓައިޕޭ (އޮގަސްޓު 13): ޓައިވާނުގެ ހޮސްޕިޓަލެއްގައި މިއަދު ރޯވެ، އޭގެ ސަބަބުން ނުވަ މީހަކު މަރުވެއްޖެ އެވެ.

ޓައިވާނުގެ ދައުލަތުގެ މީޑިއާ ސީއެންއޭ އިން ބުނި ގޮތުގައި އަލިފާން ރޯވީ ނިއު ޓައިޕޭ ސިޓީގައި ހުންނަ ވެއިފޫ ހޮސްޕިޓަލުގައި އެވެ.

އެއިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވި ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެ ހާދިސާ ހިނގީ ކަރަންޓު މައްސަލައަކާ ގުޅިގެންނެވެ.

އަދި އަލިފާން ރޯވި ވޯޑުގައި އަލިފާން ނިންވަން ބޭނުންވާ ސާމާނު ނެތް ކަމަށް ފުލުހުން ބުނި ކަމަށް ސީއެންއޭގައިވެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާއާ ގުޅިގެން 33 ބަލި މީހުންނާއި ތިން މުވައްޒަފަކު ވަނީ ހޮސްޕިޓަލުން ނެރެފަ އެވެ. އަދި މިހާރު 16 މީހެއްގެ ހާލު ސީރިއަސް އެވެ.

ދެހާސްބާރަ ވަނަ އަހަރު ޓައިވާނުގެ ހޮސްޕިޓަލެއްގައި ރޯވުމުގެ ސަބަބުން 12 މީހަކު މަރުވެ، 60 މީހަކަށް އަނިޔާވި އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް