މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

އޮޕަރޭޝަނުގައި އަތުލައިގެން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓްތަށް--ފޮޓޯ// ޕޮލިސް ލައިފް

ޅ. ނައިފަރުން މަސްތުވާތެކެއްޗާއެކު 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިފަހައްޓައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނި ގޮތުގައި މި ކުއްޖާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި އެރަށުގައި އާ ބަނދަރު ކައިރިން 18 ދަށުގެ ކުއްޖާ ހުއްޓުވާ، ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވުމުން އެ ކޯޓުން ވަނީ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

މިހަމުގެ ނުވަވަނަ ދުވަހުވެސް އެ ރަށު ޕޮލިސް ސްޓެޝަނާއި އިންޓެލިޖެންސުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ރަބަރު ދެ ޕެކެޓާއެކު 26 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެ މައްސަލަ އެރަށު ޕޮލިސް ސްޓެޝަނުން ދަނީ ތަހުގީގު ކުރުމަށްކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް