މާދަމާ އަކީ ޒުލްހިއްޖާ މަހުގެ އެއްވަނަ ދުވަސް ކަމުގައި ހަމަޖައްސައިފި

ޛުލްހިއްޖާ މަހުގެ އެއްވަނަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައި--

މާދަމާއަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަ ވަނީ މާދަމާއަކީ ޛުލްހިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށާއި އެގޮތަށް ކަނޑައެޅީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ހަނދު ސާބިކޮށްފައިވާތީ ކަމަށެވެ.

އަދި އެ ބަޔާނުގައި ބުނެފައި ވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއަށްވުމުން އަރަފާތް ދުވަސް ވާނީ މި އޯގަސްޓް މަހުގެ 20 ވަނަ ދުވަހަށް ކަމަށެވެ.

އިސްލާމް ދީނުގައި މާތް ވެގެންވާ ޛުލްހިއްޖާާ މަހުގެ ފުރަތަމަ ފުރަތަމަ 10 ދުވަހުގައި ހެޔޮ އަމަލު ކުރުމުން ލިބޭ ސަވާބު އިތުރުވާނެ އެވެ.

comment ކޮމެންޓް