"ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޓްރެއިލާ: ވަރަށް ޝައުގުވެރި!

"ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޕޯސްޓަރެއް،

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރ ޝްރީ ނާރަޔަން ސިންގް ދަނީ އަނެއްކާވެސް އިތުރު ފިލްމެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. މަޝްހޫރު ބަތަލް ޝާހިދް ކަޕޫރު ލީޑު ރޯލަށް ލައިގެން މިފަހަރު ގެނެސްދޭނީ "ބައްތީ ގުލް މީޓަރު ޗާލޫ"އެވެ.

2012 ވަނަ އަހަރު " ޔޭ ޖޯ މޮހައްބަތް ހޭ" ގެނެސްދީފައިވާ ޝްރީ ނާރަޔަން ގެ މިފަހަރުގެ ފިލްމުގެ ޓްރެއިލާ ވެސް މިހާރު މި ވަނީ ދައްކާލާފައެވެ. އެ ޓްރެއިލާއަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޓްރެއިލާ ވަރަށް ޝައުގުވެރިއެވެ. އަވަހަށް ބަލާލާށޭވެ.

ޝާހިދު ކަޕޫރުގެ އިތުރުން އެ ފިލްމުން ފެނިގެންދާނީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް ފަދަ ތަރިންނެވެ.

ޓީ ސީރީޒްގެ ދަށުން ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ އިޖުތިމާއީ ބޮޑު މައްސަލައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުންގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ އިންޑިއާގައި ކަރަންޓު ބިލް ބޮޑުވާ މައްސަލަ އަށެވެ.

"ބައްތީ ގުލް މީޓަރު ޗާލޫ"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން....

"ބައްތީ ގުލް މީތަރު ޗާލޫ " ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ފިލްމަކީ މިދިޔަ އަހަރު ސްރީ ނާރަޔަން ސިންގް ގެނެސްދީފައިވާ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެ ފަހުން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް