ޑާންސް ފިލްމަކުން ފުރުސަތު ނުލިބޭތީ ހައިރާންވޭ: ސޮނާކްޝީ

ޑާންސް ފިލްމެއްގައި މަސައްކަތް ކޮށްލަން ވަރަށް ބޭނުން ކަމަށާއި، މިހާތަނަށް އެފަދަ އެއްވެސް ފިލްމަކުން ފުރުސަތު ލިބިފައި ނުވާތީ ހައިރާންވާ ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.

"ސާރީ ކަ ފޯލް ސާ"، "ގަންދީ ބާތު" އަދި "ޕާޓީ އޯލް ނައިޓް" ފަދަ ލަވަތަކުން ސޮނާކްޝީގެ ނެށުމުގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ. އަދި ބެލުންތެރިންގެ ތައުރީފުވެސް ސޮނާކްޝީއަށް ވެސް ވަނީ ލިބިފައެވެ.

"ޑާންސް ފިލްމެއް ކުޅެލަން އަހަރެން ވަރަށް ބޭނުން. އެހެންވީމަ ހައިރާންވޭ އަދިވެސް ޑާންސް ފިލްމަކުން ފުރުސަތު ނުލިބޭތީ. އަހަރެން ވަރަށް ނަށާ ހިތްވޭ. އެކަން އެނގޭނެ ހުރިހާ ފިލްމުތަކުން ވެސް،" ސޮނާކްޝީ ބުންޏެވެ.

ބޮލީވުޑް ފިލްމުތަކުގައި ނަށާ ލަވަތައް ހިމެނުނު ނަމަވެސް ސޮނާކްޝީ ބޭނުންވަނީ ނެށުމުގެ މައްޗަށް އުފައްދާ ފިލްމެއްގައި މަސައްކަތް ކުރާށެވެ.

އަދި ސޮނާކްޝީ ހުރީ ކައިރި މުސްތަގުބަލެއްގައި އެފަދަ ފުރުސަތެއް އޭނާއަށް ލިބޭނެކަމުގެ އުންމީދުގައެވެ.

ޑާންސް ފިލްމަކުން އަދި ފުރުސަތު ނުލިބުނު ނަމަވެސް، ސޮނާކްޝީ އަންނަނީ ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި "ހެޕީ ފިރް ބާގްޖާއެގީ"، "ދަބާންގް 3" އަދި "ކަލަންކް" ހިމެނެއެވެ.

comment ކޮމެންޓް