ގިނަ އަދަދެއްގެ ވަގު ފައިސާއާ އެކު ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާ އެއާޕޯޓުން ވަނީ ގިނަ އަދަދެއްގެ ވަގު ފައިސާއާ އެކު ދިވެއްސަކު ހައްޔަރުކޮށްފައި -- ފޮޓޯ: ޑެއިލީމިރާ

ގިނަ އަދަދެއްގެ ވަގު ޑޮލަރާއެކު ސްރީލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން 49 އަހަރުގެ އެމީހާ ހައްޔަރު ކުރީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި އޭނާގެ ފަޓުލޫނު ތެރެއިން ފެނުނު ވަގު ޑޮލަރުތަކުގެ އަގު 13.7 މިލިޔަން ރުޕީޒް ނުވަތަ 84،952 ޑޮލަރަށް އަރައެވެ.

ލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ)އިން ހައްޔަރު ކުރި އެމީހާ މިހާރު ވަނީ އެއާޕޯޓު ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނާ ހަވާލުކޮށްފައެވެ.

ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި، ފުލުހުންގެ ތަހުގީގަށް އެ މީހާ ކިޔައިދިން ގޮތުގައި އޭނާ އުޅުނީ ވަގު ޑޮލަރުތައް ލަންކާގައި ކަޅު ބާޒާރުގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށެވެ.

comment ކޮމެންޓް