ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލުި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 8:38 ހާ އިރު، ހުޅުމާލޭ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެމީހުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އޭގެ އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވެގެން 41 އަހަރުގެ ދިވެހި ފިރިހެނެއް އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 8:45 ގައި ކަމަށާއި އޭނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާތީ މިއަދު ހެނދުނު 10:40 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް