ކައިވެނި ކުރިޔަސް އާލިއާ ފިލްމު ކުޅުން ނުހުއްޓާނެ!

އާލިއާ ބަޓް....

ދިރިއުޅުމެއް ފެށިކަމުގައި ވިޔަސް އެއީ ކުރާ މަސައްކަތް ހުއްޓާލަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި ކައިވެންޏަށްފަހު ވެސް ފިލްމު ކުޅުން ހުއްޓާ ނުލާނެކަމަށް އާލިއާ ބަޓް ބުނެފިއެވެ.

"ސްޓޫޑެންޓް އޮފް ދި އިޔާ" ފަދަ ފިލްމު ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބުނީ، އޭނާ މަސައްކަތް ނުކޮށް ގޭގައި މަޑު ނުކުރާނެ ކަމަށާއި މަަސައްކަތް ކުރެވޭ ގޮތަށް ހާލަތު ހުންނަ ނަމަ އަބަދުވެސް އެކްޓް ކުރަމުންދާނެ ކަމަށެވެ.

އާލިއާއާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ކައިވެނި 2020 ވަނަ އަހަރުގެ ތެރޭގައިި ކުރެވޭނެ ކަމަށް ވަނީ އަޑުފެތުރިފައެވެ. ދާދި ފަހުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ވަނީ ރަންބީރު މިހާރު ކައިވެންޏަކާ މެދު ވިސްނަން ވެއްޖެކަމަށް ބުނެފައެވެ.

އާލިއާ އާއި ރަންބީރު އެކުގައި....

އޭގެ އިތުރުން ރިޝީ ބުނެފައިވާ ގޮތުގައި އޭނާ މި ދުނިޔެ ދޫކޮށްލުމުގެ ކުރިން ރަންބީރާއި އާލިއާއަށް ދަރިޔަކު ލިބި، އޭނާގެ ކާފަ ދަރިފުުޅާ އެކު މަޖާކޮށްލަން ބޭނުންވެއެވެ.

އުމުރުން 25 އަހަރުގެ އާލިއާ ވެސް ބޭނުންވަނީ އޭނާގެ އުމުރުން 30 އަހަރު ވުމުގެ ކުރިން ކައިވެންޏެއް ކުރާށެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އަންގާފައި ނެތް ނަމަވެސް އެކަހަލަ އިޝާރާތެއް ވަނީ ކުރިން ވެސް ދީފައެވެ.

"ޓޫ ސްޓޭޓްސް"އާއި "ރާގީ" ފަދަ ފިލްމުތަކުން ކުޅަދާނަ އެކްޓިން ދައްކާފައިވާ އާލިއާގެ ފިލްމުތަކެއް ކުރިޔަށް އެބަ ހުއްޓެވެ. އެއީ އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދެ ފިލްމު ކަމަށްވާ "ގަލީ ބޯއީ"އާއި "ކަލަންކް" އެވެ. މިހާރުވެސް އާލިއާ އަންނަނީ ރަންބީރާއެކު "ބުރައްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް