އާ ކޯޓާއާއެކު ކުރިއަށް އޮތް ދެ އަހަރަށް ނަން ނޯޓްކުރި މީހުން މިއަހަރު ހައްޖަށް ފޮނުވަނީ!

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޖަމާއަތުގެ ހަވާލުގައި މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން މިރޭ 10:00ގެ ކުރިން އެ ކޯޕަރޭޝަންގައި ނަން ނޯޓްކުރަން ޖެހޭނެ ކަަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދޭނީ ނަންނޯޓް ކުރާ ތަރުތީބުން ކަމަށެވެ. އަދި ބުނީ އެޖާގަތައް ހަމަޖެހޭ ހައްޖާޖީން ހައްޖަށް ދިއުމަށް ފުރާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން އިތުރު ޖާގަތަކެއް މި ހުޅުވާލީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއިން ރާއްޖެއަށް އިތުރު 1000 ކޯޓާ ހަމަޖައްސައިދިނުމާ ގުޅިގެންނެވެ.

https://sun.mv/109120

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ މީހުން ހައްޖަށް ގެންދަން ހަތަރު ކުންފުންޏަކަށް ވަނީ ހުއްދަ ދީފައެވެ.

މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަތަރު ގްރޫޕެއް މެދުވެރިވެގެން 1000 ހައްޖާޖީއަކު މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 20 ވަނަ ދުވަހެވެ.

comment ކޮމެންޓް