ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ހުޅުއްވައިދެއްވައިފި

ރައީސް ޔާމީން ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގއ. ކޫއްޑޫގައި ގާއިމްކޮށްފައިވާ މަސްވެރިންގެ މެރީނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުޅުއްވައި ދެއްވައިފިއެވެ.

މަސްވެރިންގެ މެރީނާއަކީ މަސްވެރިންނަށާއި މަސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ތަފާތު ޚިދްމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގާއިމްކޮށްފައިވާ ތަނެކެވެ.

ޅ. ފެލިވަރުގައިވެސް ސަރުކާރުން ވަނީ މަސްވެރިންގެ މެރީނާއެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން އައްޑޫ ހުޅުމީދޫގައިވެސް މަސްވެރިންގެ މެރީނާއެއް ހުޅުވުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުއްޑޫ މަސްވެރިންގެ މެރީނާގައި ގާއިމްކޮށްފައިވާ ހިދުމަތްތަކަށް ބަލާއިރު ހަތަރު ކޮޓަރިއާއި މީޓިން ރޫމެއް އަދި ވައިފައިގެ ހިދުމަތް ވަނީ ގާއިމްކޮށްފައެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި މަސްވެރިންގެ މެރީނާތައް ޤާއިމުކުރުމަކީ ރައީސް ޔާމީންގެ ވައުދެކެވެ.

ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެލައްވައިފިނަމަ މަސްވެރިންނަށް ޚާއްސަ އައިޑީކާޑަކާއި ސްކީމެއް ތައާރަފުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް