ކޮނޑޭގައި ތަރައްގީކުރި ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވައިފި

ރައީސް ޔާމީން ކޮނޑޭ ބަނދަރު ހުޅުވައިދެއްވުން ---- ފޮޓޯ: ރައީސް އޮފީސް

ގއ. ކޮނޑޭގައި ތަރައްގީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުުވައިދެއްވައިފި އެވެ.

ބަނދަރު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ތަރައްގީ ކޮށްފައިވާ އެ ބަނދަރުގެ މަސައްކަތަށް 32 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެރަށުގެ ހުޅަނގުފަރާތުގައި ތަރައްގީކޮށްފައިވާ ބަނދަރު ސަރަހައްދުގައި 540 މީޓަރުގެ ޕޭވްމެންޓެއް ވަނީ ގާއިމް ކޮށްފަ އެވެ. އެ ބަނދަރުގައި 230 މީޓަރުގެ ބްރޭކް ވޯޓާއަކާއި 57 މީޓަރުގެ ރިވެޓްމެންޓެއް ޖަހާފައިވެ އެވެ.

ކޮނޑޭ ބަނދަރުގެ އަމަލީ މަސައްކަތް ނިންމާލާފައި ވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް