އެންޑްރޮއިޑް ޕީ އަކީ "ޕައި"

އެންޑްރޮއިޑް ޕައި---

އެންޑްރޮއިޑްގެ ވާޝަންތަކަށް އަބަދުވެސް ނަން ކިޔައި އުޅެނީ ކޮންމެވެސް ފޮނި އެއްޗެއްގެ ނަމުންނެވެ. އެންޑްރޮއިޑްގެ އެންމެ ފަހުގެ ވާޝަން 9.0 އަށްވެސް މިހާރު ވަނީ ނަންދީފައެވެ. އެއީ "އެންޑްރޮއިޑް ޕައި" އެވެ.

ގޫގުލްއިން މިހާރު ވަނީ އެންޑްރޮއިޑްގެ އާ އަޕްޑޭޓް ދޫކޮށްލައިފައެވެ. އެންމެ ފުރަތަމަ އަޕްޑޭޓް ލިބޭނީ ގޫގުލް ޕިކްސެލް ގެންގުޅޭ މީހުންނަށެވެ. އެމީހުންނަށް އަޕްޑޭޓު ލިބޭނީ އޯޓީއޭ އެއްގެ ގޮތުގައެވެ.

އެންޑްރޮއިޑް ޕައި ގެ އިންޓަފޭސް

ގޫގުލްއިން ބުނީ އެންޑްރޮއިޑް 9 ނުވަތަ ޕައިއަކީ ސްޕީޑް އަވަސް އޯއެސް އެއް ކަމަށެވެ.

މީގެ ހާއްސަ އެއްކަމަކީ ފޯނު ބޭނުންކުރަން ލިމިޓެއް ކަނޑައެޅޭގޮތަށް ހަދާފައި ވުމެވެ. އެޕްލިކޭޝަންތަކަކަށް ލިމިޓް ކަނޑައެޅުމުން، ލިމިޓް ހަވަމުވާއެކު ދެން އެ އެޕްލިކޭޝަން ބޭނުން ކުރެވޭނީ ކަނޑައަޅާ ވަކި ވަގުތެއްގެ ފަހުންނެވެ. މިއީ ކުޑަކުދިން ގެންގުޅޭ މީހުންނަށާއި ފޯނަށް ދެވިހިފާފައި ތިބޭ މީހުންނަށް ރަނގަޅު ފީޗާއަކަށް ވާނެއެވެ.

އާ އަޕްޑޭޓާއެކު އެންމެ ފާހަގަ ކުރެވެނީ އެންޑްރޮއިޑްގައިވެސް އައިއޯއެސް އާ އެއްގޮތް ކަންތައްތައް ހިމަނަން މަސައްކަތްކޮށްފައިވާކަމެވެ. ޚާއްސަކޮށް އެނިމޭޝަންސް ވައްތަރުވާން އުޅެނީ އައިއޯއެސް އާއެވެ.

ގޫގުލް އިން ބުނީ އެންޑްރޮއިޑް އެނިމޭޝަންސް އައިއޯއެސް އާ އެއްގޮތްކުރީ އެޕަލް ގެންގުޅޭ މީހުން އެންޑްރޮއިޑަށް ހިތްޖައްސަން ކަމަށެވެ.

ގޫގުލްގެ ޕިކްސެލް ފިޔަވައި އެހެން ފޯނުތަކަށް އަޕްޑޭޓް ލިބޭނީ އެ ފޯނެއް އުފައްދާ ކުންފުނި މެދުވެރިކޮށްކަމަށްވެސް ގޫގުލްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް