ނިކްއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ދޭކަށް ބޭނުމެއް ނޫން: ޕްރިޔަންކާ

ޕްރިޔަންކާ ....

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެންގޭޖްމެންޓްގެ ވާހަކަ އެއީ މިހާރު އެންމެ ހޫނުކޮށް ދެކެވެމުން އަންނަ އެއް ވާހަކައެވެ. ނަމަވެސް ޕްރިޔަކްނާ އެދެމީހުންގެ ގުޅުމުގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

ޕްރިޔަންކާ ބުނެފައިވަނީ ނިކްއާ ބެހޭގޮތުންވެސް އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ. ނިކް އާއި ޕްރިޔަންކާ މީގެ ދެ ހަފްތާ ކުރިން އެންގޭޖްވެފައިވަނީ ލަންޑަންގައެވެ.

ތިރީސް ހަ އަހަރުގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ބުނެފައިވަނީ އޭނާ އަކީ އަންހެނެއް ކަމަށާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެހެން ބަޔަކަށް އަންގަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެންގެ ޕާސަނަލް ލައިފް އެއީ ޕަބްލިކަށް އޮތް އެއްޗެއް ނޫން، އަހަރެންގެ ލައިފްގެ 90 ޕަސެންޓް އެއީ މިހާރުވެސް ޕަބްލިކަށް. އެކަމު ބާކީ އޮތް 10 ޕަސެންޓް އެއީ އަހަންނަށް، އަހަންނަކީ އަންހެނެއް، އަހަންނަށް އެބަ އޮތް ހައްގު އެއީ އަހަރެންގެ އަމިއްލަ އެއްޗެއްގެ ގޮތުގަ ބޭއްވުމުގެ، އަހަރެންގެ ފެމިލީ އާއި ރަށްޓެހިން އަދި ރިލޭޝަންޝިޕް ގެ ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނުވޭ،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް---ފޮޓޯ: ގްލޭމަރ

ހަބަރުތައް ފެތުރިފައިވާ ގޮތުގައި ޕްރިޔަންކާ، ނިކްއާ އެންގޭޖްވުމާއކު ވަނީ ބޮލީވުޑްގެ ފިލްމު "ބާރަތު" ގެ މަސައްކަތް ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން "ބާރަތު" ގެ ޕްރޮޑިއުސަރ ނިކިލް ނަމިތު ވަނީ ވަރަށް ބޮޑަށް ޕްރިޔަންކާ އަށް ފާޑު ކިޔާފައެވެ.

"ބާރަތު" ދޫކޮށްލުމަށްފަހު ޕްރިޔަންކާ ވަނީ އިތުރު ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ "ގޭމް އޮފް ތްރޯންސް" ޑައިރެކްޓުކޮށްފައިވާ މިޝޭލް މެކްލޭރެން ޑައިރެކްޓްކުރާ ފިލްމު "ކައު ބޯއީ ނިންޖާ ވިއިކިން" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް