އިންނަހުރާގައި ތަރައްގީ ކުރާ ރިސޯޓު ނޮވެމްބަރުގައި ހުޅުވަނީ

އިންނަހުރާގައި ތަރައްގީކުރާ ރިސޯޓު --- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ

ޅ. އަތޮޅު އިންނަ ހުރާގައިި ކްރައުން އެންޑް ޗަމްޕާއިން ތަރައްގީ ކުރާ އިންނަހުރާ މޯލްޑިވްސް ރިސޯޓު ނޮވެމްބަރު މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭނުގައި 40 މިނެޓުން ދެވޭ ސަރަހައްދުގައި އޮންނަ އިންނަހުރާގައި ޖުމްލަ 78 ކޮޓަރި ވަނީ ތަރައްގީކޮށްފައެވެ. އެއީ 33 ސަންސެޓް ބީޗް ބަންގަލޯ އަދި 45 ސަންރައިޒް ބަންގަލޯއެވެ. މި ރިސޯޓުގައި ރެސްޓޯރެންޓަކާއި ދެ ބާ އަދި ސްޕާ އެއް ހުންނާނެއެވެ.

ޅ އިންނަހުރާ --- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ

މީގެ އިތުރުން އޯޝަން ވިއު ސްވިމިން ޕޫލަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ޑައިވިން ސެންޓަރެއް އަދި ޖިމް އަކާއި ޓެނިސް ކޯޓެއްގެ އިތުރުން ސްނޯކްލިން އަދި އެހެނިހެން އެކްސް ކާޝަންގެ ހަރަކާތްތައްވެސް އިންނަހުރާ ގައި ކުރިއަށްގެންދާނެއެވެ.

ކްރައުން އެންޑް ޗަމްޕާއިން މިހާރު ހަތް ރިސޯޓެއް ހިންގައެވެ. އެއީ ޅ. ހަތޮޅުގައި ހިންގާ ހުރަވަޅި އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި މާލެ އަތޮޅުގައި ހިންގާ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި އދ އަތޮޅުގައި ހިންގާ މިރިހި އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި އއ އަތޮޅުގައި ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން އދ.ގައި ހިންގާ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއެވެ.

އެ ކުންފުނިން އަންނަނީ ޅ. އަތޮޅުގައި ޕްރައިވެޓް ލަގްޒަރީ އައިލެންޑެއް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް