ފަރެސްމާތޮޑާ ބަނދަރު ހުޅުއްވައިދެއްވައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ނިމުން ފާހަގަ ކޮށްފި

ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރި ބަނދަރުގެ ނިމުން އިފްތިތާހުކޮށްދެއްވައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ނިމުން އިފްތިތާހުކޮށްދެއްވުން----

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރި ބަނދަރުގެ ނިމުން އިފްތިތާހުކޮށްދެއްވައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ނިމުން އިފްތިތާހުކޮށްދެއްވައިފި އެވެ.

ފަރެސްމާތޮޑާ ބަނދަރު ހުޅުއްވައިދެއްވައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ފަރެސްމާތޮޑާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެންނެވެ. އެ މަޝްރޫއަށް ޑެންމާކް ސަރުކާރުގެ އެހީވެސް ވަނީ ދީފަ އެވެ.

ޖުމްލަ 37,802,962.85 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްް ކޮށްފައި ވަނީ އެމްޓީ ހޯގާރޑް އާ ހަވާލުކޮށްގެންނެވެ.

މަޝްރޫއުގެ މަސައްކަތް 2014ގައި ފަށާފައިވާ އިރު މަސައްކަތް ނިންމާލާފައި ވަނީ 2016 ވަނަ އަހަރު އެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފަރެސްމާތޮޑާގެ ގިރާ ސަރަހައްދުގައި 734 މީޓަރުގެ ބްރޭކް ވޯޓާރއެއް ގާއިމްކޮށް އެ ސަރަހައްދު ވަނީ ހިމާޔަތްކޮށްފަ އެވެ.

ފަރެސްމާތޮޑާ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. އުލަތުގެ ބަޖެޓުން 14.49 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އި ސިމެންތި ބަސްތާ ބޭނުންކޮށްގެން 62 މީޓަރުގެ ބޭރު ތޮށްޓެއް، އަދި ކޮންކްރީޓު ބްލޮކުތަކެއް ބޭނުން ކޮށްގެން 153 މީޓަރުގެ އެއްގަމު ތޮށްޓެއް ޖަހާފައިވެ އެވެ.

ބަނދަރު ސަރަހައްދުގައި ގާ ޖަހައިގެން 305 މީޓަރުގެ މަގެއް ވަނީ ތަރައްގީ ކޮށްފަ އެވެ.

comment ކޮމެންޓް