ފޭސްބުކުން އާ ޚިދުމަތެއް ފަށަން ބޭންކުގެ އެހީއަށް އެދިއްޖެ

ސޯޝަލް މީޑިއާ ޕްލެޓްފޯމު ފޭސްބުކްގެ ޔޫޒަރުންނަށް އާ ޚިދުމަތެއް ތައާރަފު ކުރުމަށް ބޭންކުގެ އެހީއަށް އެދިއްޖެއެވެ.

އެގޮތުން އެމެރިކާގެ ބޮޑެތި ބޭންކުުތަކުގެ ކަސްޓަމަރުންނާ ގުޅޭ ފައިނޭންޝަލް ޑޭޓާ ހޯދުމަށް ފޭސްބުކުން ވަނީ އެދިފައެވެ. ބޭރުގެ ބައެއް މީޑިއާ ތަކުގައި ފޭސްބުކުން ބޭންކު ކަސްޓަމަރުންގެ ފައިނޭންޝަލް ޑޭޓާ ހޯދުމަށް އެދޭކަމަށް ބުނެފައިވީނަމަވެސް ފޭސްބުކުން ބުނެފައިވަނީ ކަސްޓަމަރުންނާ ގުޅޭ އެފަދަ މައުލޫމާތު ހޯދަން ނޭދޭ ކަމަށެވެ.

ފޭސްބުކުން ބުނީ ފޭސްބުކް ބޭނުންކުރާ މީހުންނަށް މެސެންޖާ މެދުވެރިކޮށް ބޭންކު އެކައުންޓު މެނޭޖުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ބޭންކުތަކާއި ކްރެޑިޓް ކާޑު ކުންފުނިތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

މިއީ ފޭސްބުކް މެސެންޖާ ހަމައެކަނި ޗެޓް ކުރާ އެޕްލިކޭޝަނެއްގެ ގޮތުގައި ނުބާއްވައި އިތުރު އެހެން ފީޗާސްތައް މެސެންޖާއަށް ތައާރަފު ކުރުމަށް ފޭސްބުކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މެސެންޖާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިނޭންޝަލް ހިދުމަތް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ފޭސްބުކުން ދަނީ މަޝްވަރާ ކުރަމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ފޭސްބުކްގެ ޕްރައިވެސީ ސްކޭންޑަލް އަށް ފަހު ކަސްޓަމަރުންގެ މައުލޫމާތު ހޯދަން އުޅުމަކީ ބޭންކުތަކުން އެކަމާމެދު ވިސްނާނެ ކަމެކެވެ.

comment ކޮމެންޓް