ތާއީދު އިތުރުކުރުމަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުށްފަހު ޑރ. ޝަހީމް މާލެ ވަޑައިގެންފި

މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ޝަހީމް ނޫސްވެރިންނަށް މައުލޫމާތު ދެނީ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ތާއިދު އިތުރުކުރެއްވުމަށް މެލޭޝިއާއަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެލޭޝިއާއަށް ވަޑައިގަތުމަށްފަހު މިރޭ މާލެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަހީމް ވަނީ މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހީންގެ ފަރާތުން ލިބިނު މެހެމާން ދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

"އަދި ރައްޔިތުންގެ ފަރާތުން ފެނުނު ތާއީދާއި ރައީސް އަބްދުﷲ ޔާމީނާ މެދު އެ ބޭފުޅުން ފާޅުކުރެއްވި ޝުއޫރުތަކަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އެކު މި ފުރުސަތުގައި ޝުކުރު ތަކުރާރުކުރަން،" ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---

މެލޭޝިއާގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކަކާ ބައްދަލުވި ކަމަށާއި އެގައުމުގައި ކިޔަވަމުންދާ ދަރިވަރުން ދިރިއުޅޭ ތަންތަނަށް ވަޑައިގެންނެވި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މެލޭޝިއާގައި ދިރުއުޅޭ އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އެގައުމުގައި ނެތުން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ދިވެހި ބަހާއި އިސްލާމް އަދި ކީރިތި ގުރުއާން އުގަންނައި ދެއްވުމަކީ ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބަށްފަހު މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ހުޅުވިގެން ދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި އެކު ---

"ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަކުރި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ރައްޔިތުންނަށް ލިބިގެން ދިޔަ ފަސޭހަތަކުގެ ވާހަކަ. ކުރީގެ މި އޮންނަނީ 30 ދުވަހުގެ ވިސާއެއް ބެލެނިވެރިންނަށް ވެސް. މިހާރު 90 ދުވަހުގެ ވިސާއަށް އެކަންތައް ވަނީ ބަދަލުކޮށްދެއްވާފައި ރައީސް އަމިއްލަފުޅަށް މެލޭޝިއާއަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކެއްގެ ގޮތުން،" ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް