މާފިނޮޅުގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި

ހޯރަފުށީ ކައީރިގައި އޮންނަ މާފިނޮޅުގައި އެއާޕޯޓް އަޅަން ބިން ހިއްކަނީ --- ފޮޓޯ: އެމްޓީސީސީ

ހއ. ހޯރަފުށީ ކައިރީ އޮންނަ ރަށެއް ކަމަށްވާ މާފިނޮޅުގައި އެއާޕޯޓު އަޅަން ބިން ހިއްކަން އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާފޮނޮޅުގައި ހިއްކަންޖެހޭ ބަޔަށް މަހާޖައްރާފުން ވެލި އަޅައި ހިއްކަން ފަށައިފައިވާ ކަމަށެވެ.

މާފިނޮޅު ހިއްކައި އެއާޕޯޓް އެޅުމަށް ޓުރިޒަމް މިނިސްޓްރީން އެމްޓީސީއާ ހަވާލުކުރީ މިދިޔަ މޭ މަހު 28 ވަނަ ދުވަހުއެވެ.

ހޯރަފުށީ ކައީރިގައި އޮންނަ މާފިނޮޅުގައި އެއާޕޯޓް އަޅަން ބިން ހިއްކަނީ --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޖީއެސްޓީ ނުހިމެނޭ ގޮތަށް 64 މިލިއަން ރުފިޔާއަށް ކަމަށާއި މަސައްކަތް ނިންމަން 203 ދުވަސް ހޭދަވާނެ ކަމަށެވެ

އޭނާ ވިދާޅުވީ އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

https://sun.mv/106075

މާފިނޮޅުގައި އަޅާ އެއާޕޯޓް އެޅުމަށް ހިއްކަނީ 16 ހެކްޓަރުގެ ސަރަހައްދެކެވެ.

މާފިނޮޅުގައި ސަރުކާރުން ތަރައްގީ ކުރަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާންމުގޮތެއްގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްތަކުގައި ވެސް ތަރައްގީ ކުރާ ސައިޒުގެ ރަންވޭއެކެވެ. އެއީ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ބޭނުންކުރާ މަތިންދާބޯޓް ޖެއްސޭ ސައިޒުގެ ރަންވޭއެކެވެ. އެހެން އެއާޕޯޓްތަކެކޭ އެއްގޮތަށް މާފިނޮޅުގައި އަޅާ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯމީޓަރެވެ.

މާފިނޮޅު އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު މިހާރު ވެސް އެ ކުންފުނިން އަންނަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް އަދި ގދ. މާވަރުލު އެއާޕޯޓްގެ މަސައްކަތެވެ.

comment ކޮމެންޓް