މަޝްހޫރު ކޮމެޑިއަން ޔޫން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

ސައުތު ކޮރެއާގެ މަޝްހޫރު ކޮމެޑިއަން ޔޫން ރާއްޖޭގައި.-- ފޮޓޯ: އެމްއެމްޕީއާރުސީ

ސައުތު ކޮރެއާގެ މަޝްހޫރު ކޮމެޑިއަން އަން ޔޫން-ސަން، އޭނާގެ އަންހެނުންނާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫން ރާއްޖޭގައި ހޭދަ ކުރީ އަށް ދުވަހުގެ ދިގު ޗުއްޓީ އެއް ކަމަށެވެ. އަދި އޭނާ ޗުއްޓީ ހޭދަ ކުރީ އދ. އަތޮޅުގައި އޮންނަ ހިތްގައިމު ރިސޯޓް، އަމަޔާ ކުޑަ ރަށުގައި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"އަހަރެން އަންހެނުންނާ އެކު ކޮންމެ ރެއަކު ވެސް ކާން ދަނީ ރިސޯޓުގެ މެއިން ރެސްޓޯރެންޓް، ސީ ސްޕްރޭ އަށް. އެއީ ވަރަށް ތާޒާ އަދި ހިތްގައި މާހައުލެއް،" ޔޫންގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނެފައިވާ ކަމަށް، އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ރިސޯޓުގެ މާހައުލާ މެދު ޔޫން ވަރަށް ބޮޑަށް ހިތްހަމަޖެހޭއިރު، އެތަނުގެ މުވައްޒަފުން ވަރަށް ރަނގަޅު ކަމަށް ވެސް އެ ބަޔާނުގައި ޔޫން ބުނެފައި ވެއެވެ.

ސައުތު ކޮރެއާގެ މަޝްހޫރު ކޮމެޑިއަން ޔޫން ރާއްޖޭގައި.-- ފޮޓޯ: އެމްއެމްޕީއާރުސީ

ހުޅުލޭ އެއާޕޯޓުން ސީ ޕްލޭންގައި 25 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓުގައި ޔޫން ހޭދަކުރި ޗުއްޓީގައި، އޭނާ ވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލައި، މަސް ބޭނުމާއި، ފެހުރިހި ބެލުން ފަދަ ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އަދި އެ ރިސޯޓުގައި އޭނާ ހޭދަކުރި ޗުއްޓީގައި ވޯޓާ ވިލާގެ އިތުރުން ބީޗް ވިލާ ތަޖުރިބާ ކުރި އެވެ.

އެމްއެމްޕީއާރުސީން ބުނީ، ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ހިތްގައިމުކަން ދައްކުވައިދޭ ވީޑިއޯ އެއް ޔޫންގެ މަޝްހޫރު އެސްއެންއެސް ޗެނަލުން ދައްކަން ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް