"ދަ މެގް" މި ހުކުރުގައި ޝްވެކް އަށް

"ދަ މެގް"ގެ ޕޯސްޓަރެއް--

ޖޯން ޓާޓަލްޓައުބް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ދަ މެގް" މި ހަފްތާ ހުކުރުގައި ޝްވެކް ސިނަމާގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފެންޓަސީ އަދި ސައިންސް ފިކްޝަނަލް ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ބައެއް ތަރިންނަކީ ރުބީ ރޯޒް، ލީ ބިންގް ބިންގް، ޖޭސަން އަދި ރައިން ވިލްސަންއެވެ.

ކަނޑުއަޑީގެ މަންޒަރުތައް ޓްރެއިލާއިން ފެނިގެންދިޔައިރު ނޭވާ ހިފަހައްޓައިލަން ޖެހޭ މަންޒަރުތަކެއްވެސް ޓްރެއިލާއިން ދައްކުވައިދީފައިވެއެވެ.

"ދަ މެގް" އުފައްދާފައިވަނީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ފިލްމުގެ ވާހަކައަކީ ސްޓީވް އެލްޓެންގެ ވާހަކައެކެވެ.

ޝްވެކް ސިނަމާއިން ބުނީ ފިލްމުގެ ޓިކެޓް ބުކްކުރުން މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް