ޗައިނާ ސަރުކާރުން ޑްރަގް އެޖެންސީއަށް ވެހިކަލެއް ހަދިޔާކޮށްފި

ވެހިކަލް އާއި ހަވާލުވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޗައިނާ ސަރުކާރުން ނޭޝަނަލް ޑްރަގް އެޖެންސީއަށް ވެހިކަލެއް ހަދިޔާކޮށްފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި އެ ވެހިކަލާ ހަވާލުވެލެއްވީ އެ އެޖެންސީގެ ސީއީއޯ ހަސަން ޝަހީލެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އެޖެންސީގެ ޗެއާމަން ޑރ. އަލީ ޝާހިދު މުހައްމަދު އަލީ ވިދާޅުވީ ޑްރަގް އެޖެންސީ އިން އެދުނީ ކުޑަ ވެހިކަލަކަށް ކަމަށާއި ނަމަވެސް 16 މީހުންގެ ޖާގައިގެ ބޮޑު ވެހިކަލެއް ލިބުމަކީ ޗައިނާއާއި ރާއްޖެއާ ގުޅުން ވަރުގަދަ ކަމުގެ ހެއްކެއް ކަމަށެވެ.

"ޗައިނާއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ޗައިނާ- މޯލްޑިވްސްގެ ދަށުން ވަރަށް ގިނަ ފައިދާތަކެއް ރާއްޖެއަށް ލިބިއްޖެ. މި ވެހިކަލްގެ ސަބަބުން ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ އެމްބަސަޑަރު ޒާންކް ލީ ޒޮންގް ވިދާޅުވީ ޑްރަގް އެޖެންސީއަށް އެހީތެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ޑްރަގްގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް. އެކަން ހުއްޓުވައި އެފަދަ މީހުން އާންމު ދިރިއުޅުމަށް ގެނައުމަށް މަސައްކަތް ކުރާނަން،" އެމްބަސަޑަރު ޒާންކް ލީ ވިދާޅުވިއެވެ.

comment ކޮމެންޓް