ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި

ދިރާގުގެ އަހަރީ އެވޯޑު ހަފްލާގައި ޗެއަޕާސަންސް އެވޯޑް ހާސިލްކުރި މިރުޝާން އަށް އެވޯޑު ހަވާލުކުރުން --- ފޮޓޯ: ދިރާގު

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި ދިރާގުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ދިރާގު އެނުއަލް އެވޯޑް 2017 ގައި ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް ފައިވެއެވެ.

މިއަހަރުގެ އެވޯޑު ހަފްލާގައި ދިރާގުން މުވައްޒަފުންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަނެވެ.

މިހަފްލާގައި އިތުރު 31 މުވައްޒަފަކަށް އެކި ދާއިރާތަކުން ވަނީ އެވޯޑު ދީފައެވެ. އެގޮތުން އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ދީފައިވެއެވެ.

ދިރާގުން ބުނީ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާކަމަށްވެސް ކުންފުނިން ބުނެއެވެ.

ދިރާގުގެ މުވައްޒަފުންގެ ގޮތުގައި 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރެއެވެ. އެ ކުންފުނީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 99 ޕަސެންޓަކީ ދިވެހިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް