ގޫގުލް މެޕުން މިހާރު ފެންނާނީ ގްލޯބެއް

ގޫގުލް މެޕްސް މިހާރު ފެންނަ ގޮތް

ދުނިޔޭގެ ޗާޓު އޮންލައިންކޮށް ބަލާލެވޭ ގޫގުލް މެޕަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

މީގެ ކުރިން ގޫގުލް މެޕުގައި ދުނިޔޭގެ ޗާޓު ފެންނަނީ ޕްލެޓުކޮށް ނަމަވެސް މިހާރު ވަނީ ގްލޯބަކުން ބަލާއިރު ޗާޓު ފެންނާނޭހެން ބަދަލުކޮށްފައެވެ.

މި ބަދަލާއެކު ޗާޓު ބަލާއިރު މިހާރު މާ "އެކިއުރޭޓް" ވާނެކަމަށް ގޫގުލް މެޕްސް އިން ބުނެއެވެ. ދުނިޔެ އިންނަ ބައްޓަމަށް މިހާރު ގޫގުލް މެޕްސް ބަދަލުކޮށްފައިވާއިރު، މި އަޕްޑޭޓް އަދި ފެންނަނީ ހަމައެކަނި ޑެސްކްޓޮޕުންނެވެ. ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނަށްވެސް މި އަޕްޑޭޓް ލިބޭނެއެވެ.

އާ އަޕްޑޭޓާއެކު މިހާރު ދުނިޔޭގެ ކަންކޮޅުތައް މާކުކޮށްފައިހުންނާނީ ކުރިއަށްވުރެ ބޮޑަށް އަސްލާ އެއްގޮތަށް ސްކޭލް ކޮށްފައެވެ.

މި އަޕްޑޭޓާއެކު "ފްލެޓް އާރތު" ތިއަރީ ގަބޫލުކުރާ މީހުންގެ އަނގަތައް ބަންދުވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް