800 ގްރާމުގެ ހެރޮއިންއާ އެކު ތައިލެންޑުގެ އެއާޕޯޓަކުން ދިވެއްސަކު ހައްޔަރުކޮށްފި

ޑޮން މުއާންގް އެއާޕޯޓުން އަތުލައިގަތް ދިވެހި މީހާގެ އަތުން 800 ގްރާމްގެ ހެރޮއިން ފެނިފައިވޭ-- ފޮޓޯ: ސަނޫކް

ތައިލެންޑުގެ އެއާޕޯޓަކުން މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ތައިލެންޑުގެ ނޫހެއް ކަމަށްވާ "ސަނޫކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 43 އަހަރުގެ އާދަމް ޒަރީރު ހައްޔަރު ކުރީ އޭނާގެ ދަބަސްތަކުން ހެރޮއިން ފެނުމުން ނެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ދަބަސްތަކުން ޖުމްލަ 800 ގްރާމުގެ ހެރޮއިން ފެނިފައިވެ އެވެ.

"ސަނޫކް" އިން ބުނެފައި ވަނީ ތައިލެންޑުގެ ޑްރަގް ސަޕްރެޝަން ޕޮލިސް އިން ސާލިއާ ހައްޔަރުކޮށްފައިވާ އިރ،ު އޭނާގެ މައްޗަށް ކްލާސް އެކެއްގެ މަސްތުވާތަކެތި ގެންގުޅެ އެ ވިއްކަން އުޅުނު ކަމުގެ ދައުވާ އާއި ތައިލެންޑުން ބޭރަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ދައުވާ އުފުލައިފައިވާ ކަމަށެވެ.

އެ ނޫހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ މެލޭޝިއާ މަގުން ސްރީ ލަންކާއަށް ދަތުރު ކުރަން އުޅުމުގެ ތެރޭގައި ބެންކޮކްގެ ޑޮން މުއާންގް އެއާޕޯޓުން ކަމަށެވެ.

އޭނާގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

comment ކޮމެންޓް