އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި 6 މީހަކު ހައްޔަރު ކޮށްފި

ސަން ފޮޓޯ: ފަޔާޒު މޫސާ

ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރިކުރާ އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާ 29 އަހަރާ ދެމެދުގެ ހަ މީހުން ކަމަށެވެ.

މިދިޔަ މަހުގެ 31 އިން ފެށިގެން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެންސިސްގެ ފައިސާތަކެއް ފޭރިގަނެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ސަން" އާ ވާހަކަ ދައްކަވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް މީގެ ކުރިން ވިދާޅުވީ ފައިސާތައް ފޭރިގަނެފައި ވަނީ ހުޅުމާލޭގެ މޮރިޝަސް ކޮމާޝަލް ބޭންކުން ނިކުމެގެން ކުންފުނީގެ ވޭނަށް އެރުމާ ދޭތެރޭގައި ކަމަށެވެ.

comment ކޮމެންޓް