ސީޕްލޭން މަރާމާތު ކުރުމަށް ހެދި އިމާރާތް ނިންމައި ޓެސްޓު ކުރަނީ

ސީޕްލޭން އެމްއާރްއޯގެ މަސައްކަތް ނިންމާލާފައި ---- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުންް އާ ސީޕްލޭން ޓާމިނަލްގައި ހަދާ ސީ ޕްލޭން މަރާމާތުކުރާ އިމާރާތް (އެމްއާރްއޯ)ގެ މަސައްކަތް ނިންމާލައިފިއެވެ.

އެއާޕޯޓު ހިންގާ އެމްްއޭސީއެލް އިން މިއަދު ބުނީ ސީޕްލޭން އެމްއާރްއޯ ފެސިލިޓީ ލައިން މެއިންޓެނަންސް އަދި ހެވީ މެއިންޓެނަންސް ހެނގަރުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

މިހާރު އެތަން ސިވިލް އޭވިއޭޝަން އެސެސްމަންޓަށް ތައްޔާރުވެފައިވާކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ގާތްގަނޑަކަށް 14،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދާފައިވާ މި ހެނގަރު ހަދާފައިވަނީ މޫދުން ބައެއްވެސް ހިމެނޭ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ސީޕްލޭން ޓާމިނަލެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް