ފުޑްހަބުން ރެޑްބޮކްސްއާ ގުޅިގެން ޑެލިވަރީ ކުރަން ފަށަނީ

ފުޑްހަބްގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ފަހު މި މަހުގެ ތެރޭގައި ފަށާނެ.

އޮންލައިންކޮށް ކާބޯތަކެއްޗަށް އޯޑަރު ދެވޭގޮތަށް އެވްރިތިން ރެޑްގެ ފަރާތުން ތައާރަފް ކޮށްފައިވާ ފުޑްހަބްގެ ޑެލިވަރީތައް ރެޑްބޮކްސްއާ ގުޅިގެން ކުރުމަށް އެއްބަސްވެއްޖެއެވެ.

އެވްރިތިން ރެޑުން ބުނީ، މި އެއްބަސްވުމުގެ ދަށުން، ފުޑްހަބް މެދުވެރިކޮށް މާލޭގައި ކުރާ އޯޑަރުތައް ޑެލިވަރީ ކޮށްދޭނީ ރެޑްބޮކްސް އިން ކަމަށެވެ. އަދި މީގެ ސަބަބުން ޑެލިވަރީ ޚިދުމަތް ނުދޭ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުން ވެސް ފުޑް ހަބްގައި ބައިވެރިވެ، ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެވްރިތިން ރެޑުން ބުނެއެވެ.

ރެޑްބޮކްސް އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް ޑެލިވަރީ ނެޓްވޯކެވެ.

މޯބައިލް ކޮމާސްގެ ޚިދުމަތް ރާއްޖޭގައި ތަރައްގީކުރުމަށް މަސައްކަތް ކުރަމުން އަންނަ އެވްރިތިން ރެޑުން ބުނީ ފުޑްހަބްގައި ރެޖިސްޓްރީ ވުމަސް އެއްވެސް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ކަސްޓަމަރުންނާ، ރެސްޓޯރަންޓްތަކާ ގުޅުވައިދޭ މި ޚާއްސަ ޕްލެޓްފޯމްގެ ޚިދުމަތްތައް ފުޅާ ކުރުމަށް ފަހު މި މަހުގެ ތެރޭގައި އަލުން ޚިދުމަތް ދޭން ފަށާނެ އެވެ.

comment ކޮމެންޓް