ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ޓެކްސް ދެއްކީ ދިރާގުން

ދިރާގު ހެޑްއޮފީސް--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ޓެކްސް ދެއްކި ކުންފުނީގެ އެވޯޑު ދިރާގަށް ދީފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އަށްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި "ރަންލާރި" އެވޯޑު ހަފްލާގައި ދިރާގަށް މި އެވޯޑު ލިބިފައިވާއިރު ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ ޗީފް ފައިނެންސް އޮފިސަރު ރޮބިން ރީއޯ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ދަނީ މޯބައިލް ފޯނުގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންނެވެ.

އެންމެ ގިނަ ޓެކްސް ދެއްކި ސަރުކާރު ކުންފުންޏަށް ދޭ އެވޯޑު ދިރާގަށް ލިބުނުއިރު ހުސްވި އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ލިބުނެވެ.

ރަން ލާރި އެވޯޑަކީ ކޮންމެ އަހަރަކު ވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.

comment ކޮމެންޓް