ހުޅުމާލޭގައި ހިންގި މާރާމާރީ ތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ވޭތުވެ ދިޔަ ދެހަފްތާގައި ހުޅުމާލެ އަދި މާލޭގައި ހިންގި މާރާމާރީ ތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީގެ ހަފްތާއެއް ކުރިން މާލޭގައި 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އަދި ދެހަތާ ކުރިން ހުޅުމާލޭގައި ޒުވާނެއްގެ ހަތްތަނަކަށް ވަޅި ޖަހައި އަދި އަނެއް މާރާމާރީގައި ޒުވާނެއްގެ ފަސް ތަނަކަށް ވަޅި ޖަހައި ވަނީ ޒަހަމް ކޮށްލާފައެވެ.

ފުލުހުން ބުނީ އެމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އަދި އެ މައްސަލަތަކުގައި މިހާތަނަށް އެެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ރޭވެސް ހުޅުމާލޭގައި ޒުވާނެއްގެ ބޮލަށް ވަޅީ ޖަހައި ވަނީ ޒަހަމްކޮށްލައިފައެވެ. އެމައްސަލައިގައިވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް