އިއުލާނުކުރީ ފޭކް ނަތީޖާއެއް، ގަބޫލެއް ނުކުރާނަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު

ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު ނެލްސަން ކަމީސާ --- ފޮޓޯ: އޭޕީ

ޒިމްބާބުވޭގައި ކުރިއަށްގެންދިޔަ އާންމު އިންތިޚާބުގެ ނަތީޖާ އަކީ އަސްލެއް ނެތް "ފޭކް" ނަތީޖާއެއް ކަމަށާއި ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށް އެގައުމުގެ އިދިކޮޅު ލީޑަރު ނެލްސަން ކަމީސާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެގައުމުގެ މިހާރުގެ ރައީސް އެމާސަން މަނަންގާގުވާ އަށް 50.8 ޕަސެންޓް ވޯޓް ލިބިލެއްވި އިރު، އިދިކޮޅު ލީޑަރު ނެލްސަން ކަމީސާއަށް ލިބިވަޑައިގެންފައިވަނީ 44.3 ޕަސެންޓް ވޯޓެވެ.

އެނަތީޖާ އަކީ ސައްކަ ކަން ޔަގީންކޮށްފައި ނުވާ ނުވަތަ ވެރިފައި ކޮށްފައިނުވާ ނަތީޖާ އެއް ކަމަށް އިދިކޮޅު ލީޑަރު ވަނީ ވިދާޅުވެފައެވެ.

މިއީ ޒިމްބާބުވޭގައި ދިގުމުއްދަތަކަށް ވެރިކަންކުރެއްވި ރޮބާޓް މުގާބޭގެ ވެރިކަން ވެއްޓުނުފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތިތަކާއެކު ޒިމްބާބުވޭގެ އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ، އެގައުމުގެ އިންތިހާބުގައި 80 ޕަސެންޓު މީހުން ވޯޓުލާން ނިކުތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ދެ ވަނަ ބުރަކަށް ނުގޮސް ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ 4.8 މިލިއަން މީހުންގެ ތެރޭން 36،464 ވޯޓުންނެވެ.

comment ކޮމެންޓް