ފޭސްބުކް އަދި އިންސްޓަގްރާމުގައި ހޭދަކުރާ ވަގުތު ބުނެދޭން ފަށަނީ

ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ލިމިޓްކުރަން ބޭނުން މީހުންނަށް ޚާއްސަ ފީޗާއެއް ފޭސްބުކް އަދި އިންސްޓަގްރާމަށް އިތުރު ކުރަން ނިންމައިފިއެވެ.

މި ފީޗާ އާއެކު ފޭސްބުކް އަދި އިންސްޓަގްރާމުގައި ވަގުތު ހޭދަކުރާ މިންވަރު ބުނެދޭނެއެވެ. އަދި ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ލިމިޓްކުރަން ބޭނުންމީހުންނަށް އެކަން ހަނދާންކޮށްދޭނެ ފީޗާ އެއްވެސް މިއާއެކު ހިމަނަން ވަނީ ނިންމައިފައެވެ.

"ޔޯ ޓައިމް އޮން ފޭސްބުކް" އަދި "ޔޯ އެކްޓިވިޓީ އޮން އިންސްޓަގްރާމު" ގެ ނަމުގައި ތައާރަފުކުރާ މި ފީޗާ އަކީ އެޑިކްޓުންގެ ފީޑްބެކަށް ބަލާ ޑިވެލޮޕް ކޮށްފައިވާ ފީޗާ އެކެވެ.

މި ފީޗާތައް ޓެސްޓު ކުރަން ފަށާފައިވާއިރު ކުރިއަށް އޮތްތަނުގައި ފޭސްބުކް އަދި އިންސްޓަގްރާމު ބޭނުންކުރާ ހުރިހާ މީހުންނަށް މި ފީޗާތައް ލިބޭނެ އެވެ.

ފޭސްބުކްގައި ވަގުތު ހޭދަކުރާ މިންވަރު ބުނެދޭ ޑޭޝްބޯޑުން ފާއިތުވި ހަތް ދުވަހު ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރި މިންވަރު ފެންނާނެއެވެ. އަި ކޮންމެ ދުވަހަކު ފޭސްބުކް ގައި ހޭދަކުރަން ބޭނުންވާ ވަގުތު އަމިއްލަ އަށް ސެޓުވެސް ކޮށްލެވޭނެއެވެ. މި ވަގުތު ހަމަވުމުން ރިމައިންޑާ އެއް ފޮނުވާނެއެވެ.

comment ކޮމެންޓް