ފްރާންސްގެ ސްކޫލުތަކުގައި ސްމާޓް ފޯނާ ޓެބްލެޓު މަނާކުރަނީ

ފްރާންސްގެ ސްކޫލުތަކުގައި ސްމާޓް ފޯނާއި ޓެބްލެޓް ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގާނޫނެއް ފްރާންސުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހޯމަ ދުވަހު ފާސް ކޮށްފައެވެ. މި ގާނޫނު ބުނާގޮތުން އެގައުމުގެ ސްކޫލުތަކުގައި ކިޔަވާ 15 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ސްމާޓް ފޯނާއި ޓެބްލެޓު ނުގެންދެވޭނެއެވެ. އަދި 15 އަހަރުން މަތީގެ ކުދިން ކިޔަވާ ހައި ސްކޫލުތަކުގައި ފޯނާއި ޓެބްލެޓު ބޭނުން ކުރާނީ ސްކޫލުން ހަދާ ގަވައިދެއްގެ ދަށުންނެވެ.

ފްރާންސްގެ ތައުލީމާ ބެހޭ ވަޒީރު ޖީން މިޝެލް ވިދާޅުވީ ސްކްރީން އެޑިކްޝަން އަކީ އަދުގެ ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. ސްކްރީން އެޑިކްޝަން އަކީ "ބައްޔަކަށް" ވެދާނެ ކަމަށާއި މިކަން ހުއްޓުވުމަށް ތައުލީމީ ދާއިރާ އިން އެޅެންހުރި ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގާނޫނު ފާސްކުރުމާއެކު އެގައުމުގެ ރައީސް އެމެނުއެލް މެކްރޮންގެ ރިޔާސީ ވައުދެއް ފުރިހަމަވީ އެވެ.

ފްރާންސްގައި 2010 ވަނަ އަހަރު ވެސް ވަނީ ސްމާޓްފޯނު ގެންގުޅުމާ ގުޅޭ ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ބުނާގިތުން ކިޔަވައިދޭ ގަޑީގައި ކްލާސް ތެރޭ ސްމާޓު ފޯނު ބޭނުން ކުރުމަކޯ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ސްކޫލުތަކުގައި ސްމާޓްފޯންު މަނާކުުރާ ގާނޫނެއް ފާސްކުރުމުން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން 21 ވަނަ ގަރުނުގައި ސްމާޓްފޯނު މަނާ ކުރުމަކީ ޖޯކެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ

comment ކޮމެންޓް