ހުސްވި ކުއާޓަރުގައި އެޕަލް އަށްވުރެ ގިނަ ފޯނު ވާވޭ އިން ވިއްކައިފި

ވާވޭ ޕީ20 ޕްރޯ---

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްމާޓު ފޯނުގެ ރަސްގެފާނު އެޕަލް ފަހަތައް ޖައްސައިލުމަށްފަހު އެންމެ ގިނަ ފޯނު ވިއްކި ކުންފުންޏަކަށް ޗައިނާގެ ވާވޭ ވެއްޖެއެވެ.

މިދިޔަ ކުއާޓަރުގައި ވާވޭ އިން 54 މިލިއަން ފޯނު ވިއްކާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40 ޕަސެންޓުގެ އިތުރުވުމެކެވެ.

ވާވޭ އަށް ލިބުނު މި ކުރިއެރުމަކީ ގިނަ ގޮންޖެހުންތަކާއެކުވެސް ލިބުނު ކުރިއެރުމެކެވެ. އެގޮތުން އެެމެރިކާގައި ވާވޭގެ އުފެއްދުންތައް މާކެޓުކޮށް ބޭނުންކުރުމަށް ސަރުކާރުން ދަނީ ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

މިދިޔަ ކުއާޓަރުގައި އެންމެ ގިނަ ފޯނު ވިއްކާފައިވަނީ ސެމްސަންގުންނެވެ. އެއީ 70 މިލިއަން ފޯނެވެ. މި ލިސްޓުން އެޕަލް އަށް ލިބެނީ ތިންވަނައެވެ.

ވާވޭ އިން މިދިޔަ އަހަރު ބުނެފައިވަނީ އަމާޒަކީ ސްމާޓްފޯނުގެ ބާޒާރުގެ އެއްވަނަ ކުންފުންޏަށް ވުން ކަމަށެވެ. ސްމާޓް ގެޒެޓާއި އިލެކްޓްރޯމިކް އެކްސަސަރީޒް އަދި ޓެލެކޮމް އިކުއިޕްމެޓު އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ވާވޭ އިން އެންމެ ފަހުން ނެރުނު ވާވޭ ޕީ 20 ޕްރޯ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

comment ކޮމެންޓް