ހަނގުރާމަ ނިމި ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ: އަސަދު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިރުމަތީ ޣޫތާގެ ސިފައިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

ސީރިޔާގެ ހަނގުރާމަނިމި ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް އެގައުމުގެ ރައީސް ބައްޝާލު އަލް އަސަދު ވިދާޅުވެއްޖެއެވެ.

އެގައުމުގެ ސިފައިންނަށް ފޮނުއްވި ސިޓީއެއްގައި އަސަދު ވިދާޅުވީ "އަހަރެމެންނަށް ކާމިޔާބު ލިބޭ ދުވަސް ވަރަށް ގާތް ވެއްޖެ" ކަމަށެވެ.

އަސަދު ވިދާޅުވީ އަސްކަރިއްޔާގެ ހަމަލާތައް ވަރުގަދަކުރުމުން ހަނގުރާމަވެރިން ބިރުގަނެފައިވާ ކަމަށެވެ.

އަސަދު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ގިނަ ސަރަހައްދުތަކެއް ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. ސީރިއާ ސިފައިންގެ ހަމަލާތައް ވަރުގަދަކޮށް ގާތްގަނޑަކަށް ސީރިއާގެ ތިންބައިކުޅަ ދެބައި މިހާރު ވަނީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ނަމަވެސް އަދިވެސް ސީރިއާގެ މުހިއްމު ސަރަހައްދުތަކެއްގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރު އެބައޮތެވެ.

comment ކޮމެންޓް