ގައުމަށްޓަކައި ފުރާނަ ދޭން ވެސް ތައްޔާރު: ކަންގަނާ

ކަންގަނާ ރަނައުތު- އިންޑިއާއަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރިކަމަށް ބުނޭ-- ފޮޓޯ: ޕިންޓަރެސްޓް

އިންޑިއާއަށް އޭނާގެ ބޭނުން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ކެރިގެން ގައުމަށްޓަކައި ނުކުންނަން ތައްޔާރަށް ހުރި ކަމަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.

ޕްލެޓިނަމް ވޯގް ލޯންޗު ކުރުމަށް އިންޑިއާގެ މުމްބާއީގައި ކުރިއަށް ދިޔަ ރަސްމިއްޔާތަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ގައުމަށްޓަކައި އޭނާ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އެގޮތުން ސިޔާސީ ދާއިރާއަށް ނުކުތުމަށް ވެސް ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.

ނަމަވެސް އަދި ސިޔާސީ ދާއިރާއަށް ނުކުމެ ގައުމު ހިންގޭ ވަރަށް ވުރެ އޭނާގެ ތަޖުރިބާއާއި އިލްމު ވެސް މަދުކަމަށާއި، ނަމަވެސް ގައުމަށް އޭނާގެ ބޭނުން ޖެހިއްޖެ ނަމަ އެކަމަށް ވެސް ފަސް ނުޖެހޭނެ ކަމަށެވެ.

"ހަމައެކަނި ސިޔާސީ ދާއިރާއަށް ނުކުންނާކަށް ނޫން، ގައުމަށްޓަކައި ފުރާނަ ދޭން ވެސް މި ހުރީ ތައްޔާރަށް،" ކަންގަނާ ބުންޏެވެ.

ކަންގަނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.

ކަންގަނާ ބުނީ މޯދީއަކީ ޑިމޮކްރަސީގެ އެންމެ ހައްގުވެރި ލީޑަރު ކަމަށް ބުނެފައެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ގިނަ އެވޯޑުތަކެއް ވެސް ހޯދައިފައިވާ ކަންގަނާ އަކީ އެއްވެސް ކަމެއްގައި ފަސްޖެހޭ މީހެއް ނޫނެވެ. އެކްޓު ކުރުމުގެ ހުނަރުން މީހުންގެ ލޯބި ހޯދުމަށް ފަހު ކަންގަނާ މިހާރު ވަނީ ޑައިރެކްޝަނާ ދިމާލަށް މިސްރާބު ޖަހައިފައެވެ.

comment ކޮމެންޓް