ފަނޑިޔާރު ހަސަން ސައީދުގެ ސަސްޕެންޝަން އުވާލައިފި

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު: އޭނާ ސަސްޕެންޑު ކުރި މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައި -- ސަން ފައިލް ފޮޓޯ

މުއަދަތެއް ނެތް ގޮތަށް ސަސަޕެންޑް ކުރި ފެމެލީ ކޯޓްގެ އިސްގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން ދެ އަހަރަށް ފަހު އުވާލައިފި އެވެ.

ފަނޑިޔާރު ހަސަން ސައީދު ސަސްޕެންޑް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ އެ މައްސަލަ ނިމެންދެނެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު "ސަން" އަށް ވިދާޅުވީ ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ނުބެލުމަށް އެ ކޮމިޝަނުން މިހާރު ނިންމާފައި ވާތީ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

ސަސްޕެންޝަން އުވާލުމުން ހަސަން ސައީދު ވަނީ އިއްޔެ އަލުން ވަޒިފާ އައް ނިކުންނަވަން ފައްޓަވައިފަ އެވެ.

ހަސަން ސައީދު ވަނީ އޭނާ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރި މައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށްދައުވާ ކުރަން ވެސް ފޮނުވައިފަ އެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ ކުރި ދައުވާ އަބުރާ ގެންގޮސްފަ އެވެ.

comment ކޮމެންޓް