މާކުރަތުގެ ދެ ގެއަކުން ސިހުރު ހެދުމަށް ބޭނުންވާ ތަކެތި ހޯދައިފި

މާކުރަތުގެ ދެ ގެއަކުން، ހޯދި ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މާކުރަތުގެ ދެ ގެއެއް ބަލައި ފާސްކޮށް، ސިހުރު ހެދުމަށް ބޭނުންވާ ތަކެތި ހޯދައި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ އެތަކެތި އަތުލައިގަތީ މާކުރަތުގެ ދެގެއެއްގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެ ދެ ގެ ބަލައިފާސްކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކަކާއި ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ތަޙްޤީޤް ކުރަމުންދާ ކަަމަށެވެ.

comment ކޮމެންޓް