ސީސީޓީވީ ކެމެރާ ދަނޑިތަކުގައި މަންޒަރު ގެއްލޭގޮތަށް އެއްޗެހި ހަރުނުކުރުމަށް އެދެފި

ގަލޮޅު މާލޭހިޔާ ފްލެޓެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ދަނޑިތަކުގައި ކެމެރާގެ މަންޒަރު ގެއްލޭގޮތަށް އެއްވެސް އެއްޗެއް ހަރު ނުކުރުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީސީޓީވީ ދަނޑިތަކުގައްޔާއި، ކެމެރާގެ މަންޒަރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ބެނާއާއި ދިދަފަތި ދަމާފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނީ އެކަމުގެ ސަބަބުން މާލޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހުރަސްއެޅި ދަތިތަކާ ކުރިމަތިވާ ކަމަށާއި މާލޭގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

މަގުމަތީގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އަމާން މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

comment ކޮމެންޓް