އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި 47.3 މިލިޔަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު.--- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 47.3 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު ނެރުނު އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ، އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 2.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުންފުނި ހިންގުމުގެ ފައިދާ ނުވަތަ އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި ލިބިފައިވަނީ 93 މިލިޔަން ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުޅާ ދާއިރާއެއްގައި، ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ އެސްޓީއޯއަށް މާޗް މަހު ނިމުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 46.6 މިލިޔަން ރުފިޔާއެވެ.

ފުރަތަމަ ކުއާޓަރުގައިވެސް އެސްޓީއޯއިން 2.2 ބިލިޔަން ރުފިޔާގެ ވިޔަފާރިކުރި އެވެ. ނަމަވެސް އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި އެ ކުއާޓަރުގައި ލިބުނީ 88 މިލިޔަން ރުފިޔާއެވެ.

comment ކޮމެންޓް